އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަމްގިފިލާ ހުޅުވީ ބުރާސްފަތި ދުވަހު އެތަނުގައި ބޭއްވި ހާއްސަ ހަފްލާއަކުން ކަމަށެވެ.

އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މީގެ އިތުރުން އެސްޓިއޯގެ ބޯޑު އަދި އެކްސްކޯ މެމްބަރުންގެ އިތުރުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ބެރޭންޑްތަކުގެ ސަޕްލަޔަރުންނާއި ކަލްއެންޓުން ބައިވެރިވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމް ތަކަށެވެ. އޭގެ އިތުރުން، ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓަކާއި ރައިމްބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއް ވެސް މި ފަންގިފިލާގައި ހިމެނިފައިވާނެއެވެ. އަދި ދިވެހިންގެ މެދުގައި މަޝްހޫރު ކޮފީ ބީންސް އެންޑް ޓީ ލީވްސްގެ އައުޓްލެޓެއް ވެސް ވަރަށް އަވަހަށް މި ފަންގިފިލާގައި ހުޅުވިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން މިވަގުތު ވިއްކަމުން ގެންދާ ބްރޭންޑްތައް ކަމުގައިވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީޓިވީ އަދި ޑައިސަންގެ ތަފާތު ގިނަ ޕްރޮޑަކްޓްތަކެއް މި ފަންގިފިލާގައި ލިބެން ހުންނާނެއެވެ. މި ފަންގިފިލާ ހުޅުހުވިގެން ދިއުމާ އެކު، ޗައިނާގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ސުންމީ ބްރޭންޑްގެ ޕްރޮޑަކްޓްތައް ވެސް ބާޒާރަށް ވަނީ ތައާރަފު ކޮށްފައެވެ.

14 ޖޫން 2026: އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުން --- ފޮޓޯ/ އެސްޓީއޯ

މި ފަންގިފިލާ ހާއްސަ ކުރެވިފައިވާނީ އާއިލާއާ އެކު ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަށް، ތުއްތު ކުދިންނަށް ހާއްސަ ކިޑްސް ކޯނާ އެއްވެސް އެކުލެވޭ ގޮތަށެވެ. މި ފަންގިފިލާ ހުޅުވުމުން ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި ހިތްފަސޭހަ ކަމާ އެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.