ރާއްޖެއަކީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމުގެ އެންމެ ބޮޑު ބާރެއް އަދި އެހީތެރިކަމެއް ދެވޭނީ ސީއެސްސީ މުވައްޒަފުންނަށް (ސިވިލްސާވަންޓުންނަށް) ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ، "މޯލްޑިވްސް ސިވިލް ސާވިސް ކޮންފްރެންސް 2026" ފައްޓަވައި ދެއްވުމުގެ ގޮތުން އެ ކަމާބެހޭ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ޑިމޮކްރެޓިކް ވެއްޓެއްގައި ކުރިއަރަން ބޭނުންވާ ގައުމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް 2040 ވަނަ އަހަރު އަންނަންވާ އިރަށް، ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ބައްޓަން ކުރަން ރައްޔިތުން ބޭނުންނަމަ މުޅި ގައުމުން ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށެވެ.
"ޑިމޮކްރަސީގެ ވަރަށް ބޮޑު ސިފައެއް، އަސާސެއް އެއީ، އަދި އިސްލާމްދީން ވަރަަށް ބޮޑަށް ގޮވާލައި ބާރުއަޅާފައިވާ ކަމެއް އެއީ،"
މިނިސްޓަރު ވިދާޅުވީ، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން ނޫނީ ފައިނޭޝަލް ކޮރަޕްޝަނެއް ނުހިންގާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް އެންމެ ބޮޑު ބާރަކާއި އެހީތެރިކަމެއް ދެވޭނީ ސިވިލް ސާވިސް މުވައްޒިަފުންނަށް ކަމަށްވެސް ވިދާޅުވިއެވެ.
"ހަލުވި މަސައްތަކަކާއެކު ޕްރޮފެޝަނަލިޒަމާއެކުގައި އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ، ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ހިދުމަތެއްދޭން ބޭނުންވާ، ރައްޔިތުންގެ ފައިސާއިން އެ ރައްޔިތުންް ހިތްހަމަޖެހޭ ފަދަ ހިދުމަތެއްދޭ އޮފީސްތަކަަކަށް އެ އޮފީސްތައް ބަދަލުވާން،"
އެހެންކަމުން ރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސިވިލް ސާވިސްގެ ދާއިރާތަކުގެ ހުރިހާ ސިވިލްސާވަންޓުންނާއި ޕާމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު ވެރިންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މުވައްޒަފުން ކިތަންމެ ގިނަ ވިޔަސް، ރައްޔިތުންގެ ފައިސާއިން ކިތަންމެ ބޮޑު ހޭދައެއް ސިވިލް ސާވަންޓުންނަށް ކުރި ނަމަވެސް އަދި ކިތަންމެ ރީތި އޮފީހެއްގައި ތިބި ނަމަވެސް ރައްޔިތުންގެ ހިތްހަމަ ޖެހުން ނުލިބޭނަމަ އެންމެން އެކަމާމެދު ވިސްނަންޖެހޭ ކަމަށެވެ.
އިބްރާހިމް ޒަކީ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ކޮމެންޓް