ގާނާގެ ތަރި ތޯމަސް ޕާޓޭއަށް ކެނެޑާއަށް އެތެރެ ނުވެވުމުގެ ސަބަބުން ފުރަތަމަ ގެއްލޭނެ ކަމަށް ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.
ޕާޓޭ، 32 ގެ މައްޗަށް ރޭޕްގެ ތުހުމަތުތަކެއްގެ އިތުރުން ޖިއްސާ ގޯނާގެ ތުހުމަތެއް 2020 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ހަތަރު އަންހެނަކު ވެގެން ކޮށްފައިވެއެވެ. އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުވެސް ކޮށްފައެވެ. އަދި އޭގެން އެއްވެސް މައްސަލައެއް ސާބިތުވެފައެއްވެސް ނުވެއެވެ.
މައްސަލަ އަދި ނިމިފައި ނުވާ އިރު، އަންނަ އަހަރު މައްސަލައިގެ އިތުރު އަޑު އެހުންތަކެއް ފަށަން ވަނީ ތައްޔާރުވެފައެވެ. ހަބަރުތައް ބުނެފައި ވަނީ ޕާޓޭއަށް ކެނެޑާއަށް އެތެރެ ނުވެވުނީ އެ މައްސަލަތައް އޮތުމުގެ ސަބަބުން ކަމަށެވެ.
ގާނާއިން އެމެރިކާގެ ބޮސްޓަންގައި ބޭސް ވެގެން ތިބުމަށްފަހު، ޖޫން 18 ވަނަ ދުވަހު ޓޮރޮންޓޯގައި ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕެނަމާއާ ދެކޮޅަށް ކުޅޭނީ ކެނެޑާގެ ޓޮރޮންޓޯގައެވެ. ޓީމުން މިއަދު ކެނެޑާއަށް ދާން ނިންމާފައިވާ އިރު، ޕާޓޭގެ ވިސާއަށް އެދުމުން ކެނެޑާ އިމިގްރޭޝަނުން ވަނީ ރިޖެޓް ކޮށްލައިފައެވެ.
ފީފާއިންވެސް ވަނީ ޕާޓޭގެ ވިސާ ރިޖެކްޓް ވިކަން ޔަގީން ކޮށްދީފައެވެ. ފީފާއިން ނެރުނު ބަޔާނެއްގައި އަނެއްކާވެސް ބުނީ އެ އިދާރާއަކީ ގައުމުތަކުގެ އިމިގްރޭޝަނަށް ބާރު ފޯރުވާ ޖަމިއްޔާއެއް ނޫން ކަމަށެވެ. އަދި އެ ހުރިހާ ބާރެއް އޮންނަނީ ސަރުކާރުތަކުގެ އަތް މަތީގައި ކަމަށެވެ.
އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވަމުންދާ ވޯލްޑް ކަޕް ރޭ ފަށާފައިވާ އިރު، ކެނެޑާއާއި އެމެރިކާގެ ވިސާގެ މައްސަލަތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ބައެއް ކުޅުންތެރިންނަށް އޭގެ ސަބަބުން ގިނަ އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ. އަދިވެސް ބައެއް އޮފިޝަލުންނަށް އެމެރިކާއަށް އެތެރެވެވިފައި ނުވާ އިރު، ސޯމާލިއާގެ ރެފްރީ، އޮމަރް އަބްދުލްކާދިރު އަރްތަން އެމެރިކާއަށް ނުވެއްދުމުން އޭނާއަށް ވަނީ އަނބުރާ ދާން ޖެހިފައެވެ.
ކުރިން އާސެނަލަށް ކުޅުނު ޕާޓޭ، މިހާރު ކުޅެމުން ދަނީ ސްޕެނިޝް ލީގުގެ ވިލަރެއާލަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026