ވޯލްޑް ކަޕް 2026 ގެ މެޗުތައް ފުރިހަމައަށް އިންސާފުކުރުމަށް 170 އޮފިޝަލަކު ފީފާއިން ހޮވާފައިވެއެވެ. އޭގެ ތެރެއިން ޖުމުލަ 52 ރެފްރީ ވޯލްޑް ކަޕަށް ނަގާފައިވާ އިރު، މިހާރު އެއް ރެފްރީއަކަށް ވޯލްޑް ކަޕްގައި އިންސާފު ނުކުރެވޭނެއެވެ. އެއީ އެމެރިކާއަށް އެތެރެ ނުވެވި އަނބުރާ ގައުމަށް ދާން ޖެހުނު ސޯމާލިއާގެ ރެފްރީ އޮމަރް އަބްދުލްކާދިރު އަރްތަން އަށެވެ. ޖުމުލަ 88 އެސިސްޓެންޓް ރެފްރީން ވޯލްޑް ކަޕުން ފެންނަ އިރު، 30 ވީޑިއޯ އޮފިޝަލުން އޮފިޝަލުން ޓީމުގައި ހިމެނެއެވެ. ރެފްރީން ނަގާފައި ވަނީ ހަ ބައްރަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި އަންހެން ހަ އޮފިޝަލުން މިފަހަރު ފެންނަ އިރު، ދެ ރެފްރީން ހިމެނެއެވެ.
ވީއޭއާރަށް ޒިންމާ ބޮޑުކޮށް، ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ރެފްރީންނަށް އެހީއެއް
- ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ހަރުދަނާ ކުރުމަށް އޭއައި ޓްރެކިންނާއެކު ކެމެރާ ގިނަކޮށް، ބޯޅައިގެ ސެންސަރު ވަރުގަދަ ކުރުން
- ރެފްރީން ބޮޑީ ކެމެރާ ބޭނުންކުރަން އުސޫލު ކަނޑައަޅާފައިވޭ، އެ ފުޓޭޖް ބްރޯޑްކާސްޓަރުންނަށް ދޭނެ
- ދެވަނަ ރީނދޫ ކާޑަށް ގޮތް ނިންމުމުގައި ވީއޭއާރް ބޭނުން ކުރެވޭނެ
- ކޯނަރަކުން ގޯލް ޖަހާ ހާލަތެއްގައި އެއީ ލިބެން ޖެހޭ ކޯނަރެއްތޯ ބެލުމަށް ވީއޭއާރް ބޭނުންކުރެވޭނެ
- ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީއަށް އޭއައި އިތުރުކުރުން: އޭއައިއިން ކުޅުންތެރިޔާ ޓްރެކް ކުރާނެ، އޭގެ ސަބަބުން ކުޅުންތެރިންގެ ތުރީޑީ މޮޑެލް ނިންމުންތަކުގައި ދައްކާނެ
ބޯޅައިގެ ޓެކްނޮލޮޖީ އިތުރު ހަރުފަތަކަށް، ޑޭޓާ ނެގުމަށް އޭއައި
- ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ހަރުދަނާ ކުރުމަށް އޭއައި ޓްރެކިންނާއެކު ކެމެރާ ގިނަކޮށް، ބޯޅައިގެ ސެންސަރު ވަރުގަދަ ކުރުން
- އޭގެ ސަބަބުން ބޯޅައިގައި ސީދާ ޖަހާ ވަގުތު އެނގޭނެ، އަދި ބޯޅައިގެ ސެންސަރުން އަތުގައި ޖެހުނުތޯ ބެލޭނެބޯޅައިގެ ސްޕީޑާއި ދާ މިސްރާބު އަދި މޫވްމަންޓް އޭއައިއިން ޓްރެކް ކުރާނެ
ބޯޅަޔަށް ގެނައި ސްމާޓް ކަމާއެކު މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ޑޭޓާ ނެގުމުގައި ފުރިހަމަޔަށް އޭއައި ބޭނުންކުރާނެ ވޯލްޑް ކަޕަކަށެވެ. މުޅި ސްޓޭޑިއަމްގައިވެސް ޓްރެކިން ސިސްޓަމްތައް ހަރުކޮށްފައިވާ އިރު، ޓީމުތަކަށް ލިބޭނެހެން ކުޅުންތެރީންގެ ހީޓް މެޕާއި ހުރިހާ އިތުރު ތަފާސްހިސާބެއް ލިބޭނެއެވެ. އޭގެ އިތުރުން ޓީމުތަކުގެ އެނަލިސިސްއަށްވެސް ހާއްސަ ޑޭޓާތަކެއް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026