މި އަހަރުގެ މުދަލުގެ ޒަކާތުގެ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 5،500 ރުފިޔާ ޖަމާކޮށްދީފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މިއީ ރާއްޖޭގެ ތާރީހުގައިވެސް މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދު ކަމަށެވެ.
އެ ފައިސާ ޖަމާކޮށްދީފައިވަނީ މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ 2،384 މީހުންނަށްކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. އެއީ 13.1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް ދޫކޮށްފައިވަނީ 5،000 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ބެހި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 500 ރުފިޔާގެ އިތުރުވުމެކެވެ. މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހޭ މިންވަރު އިތުރުވެފައިވަނީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު އަހަރަކަށްވުރެ އަހަރަކަށް އިތުރުވަމުންދާތީއެވެ.
މުހައްމަދު އިޝާން
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު