ރާއްޖޭގައި އުފައްދާ އަދި އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދު" އެކުލަވާލައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ އަމަލުކުރަން ފަށައިފިއެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެދި އެ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރުމުގެ އިތުރުން ޖިނާއީ ދައުވާ ކުރުމުގެ ބާރުވެސް ވަނީ ދީފައެވެ.
އާ ގަވައިދުގެ ދަށުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕީއީޓީ (PET) ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، އަމިއްލަ ނަމުގައި ނުވަތަ އެހެން މީހަކު މެދުވެރިކޮށް އަސްލު އޮޅޭގޮތަށް ކާބޯތަކެތި ލޭބަލްކޮށްގެން އެތެރެކުރުމާއި، އުފެއްދުމާއި، ބަންދުކުރުމަކީ ކުށެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 70،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައި ރަޖިސްޓްރީ ބާތިލްކުރާނެއެވެ.
އަލުން ރަޖިސްޓްރީ ކުރެވޭނީ ލައިސަންސް ހިފެހެއްޓި މުއްދަތު ހަމަވެ، އެކަމެއް އިސްލާހު ކުރުމުންނެވެ.
ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޖޫރިމަނާތަކަކީ:
- ފުރަތަމަ ފަހަރު: 10،000 ރުފިޔާ (7 ދުވަހަށް ލައިސަންސް ހިފެހެއްޓުން)
- ދެވަނަ ފަހަރު: 100،000 ރުފިޔާ (15 ދުވަހަށް ލައިސަންސް ހިފެހެއްޓުން)
- ތިންވަނަ ފަހަރު: 500،000 ރުފިޔާ
- ހަތަރުވަނަ ފަހަރު: 750،000 ރުފިޔާ
- ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ: 1،000،000 (އެއް މިލިއަން) ރުފިޔާ އަދި ލައިސަންސް ބާތިލްކުރުން
އެ ގަވައިދާ ހިލާފުވުމުގެ ސަބަބުން މީހެއްގެ ސިއްހަތަށް ނުރައްކާތެރި ގެއްލުމެއް ލިބިއްޖެ ނަމަ، ނުވަތަ ފުރާނައަށް ނުރައްކާވެއްޖެ ނަމަ، އެ އަމަލު ހިންގި ފަރާތެއް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް ލައިސަންސް ބާތިލްކުރާނެއެވެ.
ޕެކޭޖުކުރުމުގެ ގަވައިދާ ހިލާފުވާ ފަރާތްތަކަށްވެސް ވަނީ ފިޔަވަޅުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ފުރަތަމަ ފަހަރު 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު، ފަސްވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ، 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
ގަވައިދާ ހިލާފުވާ ފަރާތްތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން ޖިނާއީ ދައުވާވެސް ކުރެވޭނެއެވެ. އަދި ގަވައިދާ ހިލާފަށް އެތެރެކުރާ ކާބޯތަކެތީގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބޭ ފަރާތްތަކަށް، އެކަމުގެ ބަދަލު ހޯދުމުގެ ފުރުސަތުވެސް މި ގަވައިދުގެ ދަށުން އޮންނާނެއެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)