ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 157.5 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ފޮނުވި ފައިސާގެ އަދަދު ވަނީ 2024 ވަނަ އަހަރާ އަޅައި ބަލާއިރު 89 ޕަސަންޓު އިތުރުވެފައެވެ. މިއީ އަދަދުގެ ގޮތުން ބަލާނަމަ 74.2 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މަރުކަޒީ ބޭންކުން ފާހަގަކުރާ ގޮތުގައި، މިގޮތަށް ފައިސާގެ އަދަދު އިތުރުވެފައި ވަނީ ބިދޭސީން ރަސްމީ ޗެނަލްތައް މެދުވެރިކޮށް ފައިސާ ފޮނުވާ މިންވަރު މިދިޔަ އަހަރު އިތުރުވުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވި މިންވަރު އާންމުކޮށް އިތުރުވެފައިވާ އިރު، 139،000 އަށް ވުރެ ގިނަ މުއާމަލާތް މެދުވެރިކޮށް 167.6 މިލިއަން ޑޮލަރު ވަނީ ބޭރަށް ފޮނުވައިފައެވެ. އަދި 2024 ވަނަ އަހަރާ އަޅައި ބަލާއިރު، މި މުއާމަލާތްތަކުގެ އަދަދު 13 ޕަސަންޓު އިތުރުވެފައިވާ އިރު، ފޮނުވި ފައިސާގެ ޖުމްލަ އަދަދު ވަނީ އަށް ޕަސަންޓުން ކުރިއަރައިފައެވެ.
ރާއްޖެއިން ބޭރަށް ފޮނުވި ޖުމްލަ ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ. ދިވެހިންގެ ހިއްސާ މި ފައިސާގެ ތެރޭގައި ހުރީ ހަ ޕަސަންޓުގައެވެ. އެހެންނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރާ އަޅާބަލާއިރު، ދިވެހިން ބޭރަށް ފައިސާ ފޮނުވި މުއާމަލާތްތަކުގެ އަދަދު ވަނީ 11 ޕަސަންޓު އިތުރުވެފައެވެ.
އަލީ ޔާމިން
ބިދޭސީން
ބިދޭސީން
ބިދޭސީން
ބިދޭސީން