ހިމަބިއްސަށް އަނެއްކާ ވެސް އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު ހަތަރު ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެއާއެކު ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15 އަށް އަރައިފައެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަވަހަށް ފެތުރޭ، ނުރައްކާތެރި ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމުގެ އިތުރުން، ކެއްސުމާއި އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ހިމެނެއެވެ.
މި ބަލީގެ ސަބަބުން ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެ، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަކީ މުހިންމު ކަމެކެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުން
- ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން
- އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
- ޖިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން
- ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
ހިމަބިހި
ހިމަބިހި