އީރާނާއި އިސްރާއީލާ ދެމެދު ބަދަލުކުރަމުންދިޔަ އަސްކަރީ ހަމަލާތައް މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތައް ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭޕްރީލް މަހު ގާއިމުކުރި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު، ފުރަތަމަ ފަހަރަށް ދެ ގައުމުން ވަނީ އިއްޔެ ސީދާ ހަމަލާތަކެއް ބަދަލުކޮށްފައެވެ. މި ހަމަލާތަކުގެ ތެރޭގައި އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާފައިވާއިރު، އިސްރާއީލުން ވަނީ އީރާނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ނަމަވެސް، ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ “ޓްރުތު ސޯޝަލް” ގައި، ދެ ފަރާތުންވެސް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް އެންގެވުމާ ގުޅިގެން، ދެ ގައުމުން ވަނީ ހަމަލާތައް މަޑުޖައްސާލާފައެވެ.
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލަށް “ވޭންދެނިވި ރައްދެއް” ދީފައިވާ ކަމަށާއި، އެހެންކަމުން އަސްކަރީ އޮޕަރޭޝަންތައް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، ލުބުނާނުގެ ދެކުނު ހިމެނޭހެން އިސްރާއީލުގެ އުދުވާންތައް ކުރިއަށްގެންދާނަމަ، މިއަށްވުރެ ވަރުގަދަ އަދި ފަނާކުރަނިވި ފިޔަވަޅުތަކެއް އަޅާނެ ކަމަށް އީރާނުން އިންޒާރުދީފައިވެއެވެ.
އަނެއްކޮޅުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވި ގޮތުގައި، މިވަގުތަށް ހަމަލާތައް ވަނީ ހުއްޓާލާފައެވެ. ނަމަވެސް، އީރާނުން އަލުން ހަމަލާދިނުމުގެ ގޯސް ހަދައިފިނަމަ، ބާރުގެ ބޭނުންކޮށްގެން ރައްދުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ އޮޕަރޭޝަންތައް ހުއްޓައި ނުލާނެ ކަމަށްވެސް ނަތަންޔާހޫ ފާހަގަކުރެއްވިއެވެ.
އެމެރިކާއިން މި މައްސަލައިގެ ތެރެއަށް ވަދެފައިވަނީ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ފުރިހަމަ ހަނގުރާމައަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، ހަމަލާތައް ހުއްޓާލުމަށް އަންގަވައިފައެވެ. އެމެރިކާއިން ދަނީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް މަޝްވަރާކުރަމުންނެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ