މިދިޔަ އަހަރު އެފްރިކާ ފުޓުބޯޅައިގެ މައި އިދާރާ ކޮންފެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) ގެ އެންމެ މޮޅު ފިރިހެން ރެފްރީ އޮމަރް އަބްދުލްކާދިރަށް އަރްޓަން އެމެރިކާއަށް އެތެރެ ނުވެވި، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތައް ގެއްލޭނެ ކަމަށް ފީފާއިން ބުނެފިއެވެ.
ފީފާއިން ބުނީ ސޯމާލިއާގެ އަރްޓަންއަށް އެމެރިކާއަށް އެތެރެ ނުވެވުނު ސީދާ ސަބަބު ނޭނގޭ ކަމަށާއި، ހޯސްޓް ގައުމުގެ އިމިގްރޭޝަން އަދި ވިސާގެ ކަންކަމަކީ ފީފާގެ ޒިންމާގެ ދަށުން ހިނގާ ކަންކަން ނޫން ކަމަށެވެ. އަދި އެކަމުގައި ހައްލު ހޯދުމަށް މަޝްވަރާ ކުރަން ޖެހޭ އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ.
އެމެރިކާގެ ކަސްޓަމްސް އަދި ބޯޑާ ޕެޓްރޯލްއިން ބުނެފައި ވަނީ އެގައުމަށް ހޮނިހިރު ދުވަހު ތުރުކީ މަގުން ދިޔަ ސޯމާލިއާ ރައްޔިތަކު މަޔާމީ އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. އޭނާ އެތެރެވިޔަ ނުދީ ހިފަހައްޓަން ޖެހުނީ ސީރިއަސް މައްސަލަތަކެއްގެ ސަބަބުންކަން ހާމަކޮށްފައިވީ ނަމަވެސް، އެއީ ކޮން ސަބަބުތަކެއް ކަމެއް އެމެރިކާގެ އިދާރާތަކުން ބުނެފައެއް ނުވެއެވެ.
މިފަހަރުގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވަން ތައްޔާރުވެފައި ވަނީ 16 ސިޓީއެއްގައެވެ. އޭގެ ތެރޭގައި ގިނައީ އެމެރިކާގެ ސިޓީތަކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެން، އިމިގްރޭޝަނުގެ ކަންކަން ހަރުކަށި ކުރިކުރީނުން މިދިޔަ އަހަރުވެސް 12 ގައުމަކަށް އެއްވެސް ވަރަކަށް ވިސާ ނުދޭން ނިންމިއެވެ. އޭގެ ތެރެއިން އެއް ގައުމަކީ ސޯމާލިއާއެވެ.
ޓްރަމްޕްގެ އުސޫލުތަކުގެ ސަބަބުން އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށްވެސް އެކަމުގެ ނޭދެވޭ އަސަރުތައް އެކިއެކި ގޮތްގޮތުން ދަނީ ކުރަމުންނެވެ. އަރްޓަން ތައްޔާރުވަމުން ދިޔައީ ވޯލްޑް ކަޕްގައި ރެފްރީކަން ކުރާ ސޯމާލިއާގެ ފުރަތަމަ ރެފްރީއަށް ވުމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026