އަންނަ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕް 2026 ގެ އެންމެ ތަފުސީލު މައުލޫމާތާއެކު "ވަން ވޯލްޑް ކަޕް ގައިޑް" މިރޭ ނެރެފިއެވެ.
"ވަން ވޯލްޑް ކަޕް ގައިޑް" މިރޭ ނެރެފައި ވަނީ އެކަމަށްޓަކައި ގްރީން ޒޯންގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ. އެ އިވެންޓްގައި ފޮތް ނެރެދެއްވީ "ވަން މީޑިއާ ގްރޫޕް"ގެ ސީއީއޯ ސިނާން އަލީއާއި ޗެއާޕާސަން މިންހާ ފާއިޒުގެ އިތުރުން ކުޅިވަރު އާއިލާގެ ބައެއް އިސް ފަރާތްތަކާއި ޕާޓްނަރުންނެވެ.
"ވަން" އިން ވަނީ ޔޫރޯ 2020، ވޯލްޑް ކަޕް 2022 އަދި ޔޫރޯ 2024 އަށް ވެސް ހާއްސަ ގައިޑެއް ދިވެހި ބަހުން ނެރެފައެވެ. އެ ތިން ގައިޑުވެސް ވެގެން ގޮސްފައިވަނީ ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ތިން ގައިޑަށެވެ. ޑިޒައިނާއި މައުލޫމާތަށް ބަލާއިރުވެސް "ވަން"ގެ ގައިޑްތައް ފުރިހަމަ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މި ފަހަރު ވެސް ވޯލްޑްކަޕަށް ހާއްސަ "ވަން ވޯލްޑް ކަޕް ގައިޑް 2026" އާއެކު މުބާރާތުގެ ސްކޯ ޗާޓުވެސް ނެރެފައިވާ އިރު، މިރޭގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ވަންގެ ސީއީއޯ، އަދި އެޑިޓަރު، ސިނާން ވިދާޅުވީ، "ވަން" އިން ގައިޑެއް ނެރެފައި ވަނީ ވޯލްޑް ކަޕްގެ ބެލުންތެރިންނަށް އެހީއަކަށް ކަމަށެވެ. ގައިޑްގައި ވޯލްޑް ކަޕްގެ ފުރިހަމަ އެންމެ މައުލޫމާތު އެކުލެވޭނެ ކަމަށް ސިނާން ވިދާޅުވިއެވެ. މި މުބާރާތާ ގުޅޭގޮތުން އެނގެން ބޭނުންވާ ހުރިހާ މައުލޫމާތެއް ފޮތުގައި ހިމެނޭނެ ކަމަށް ސިނާން ވިދާޅުވިއެވެ.
މިރޭގެ އިވެންޓުގައި ވާހަކަ ދައްކަވަމުން މި ގައިޑުގެ ކޮންޓެންޓް އެޑިޓަރު، އިމާދު ލަތީފު ވިދާޅުވީ މިފަހަރުގެ ގައިޑަކީވެސް މައުލޫމާތު ފުރިހަމަ، ޑިޒައިންގެ ޗާލު ގައިޑެއް ކަމަށެވެ. އަދި ގައިޑްގެ މުހިއްމުކަން އިމާދުގެ ވާހަކައިގައިވެސް ފާހަގަކުރައްވާފައިވެއެވެ.
މިރޭގެ އިވެންޓުގައި "ވަން"ގެ ޗެއާޕާސަން މިންހާ ވިދާޅުވީ ޕާޓްނަރުން އަބަދުވެސް ބަހައްޓަވާ ގާތް ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ހާއްސަކޮށް "ވަން" އަށް އަބަދުވެސް އިތުބާރު ކުރައްވައި، މަސައްކަތް ކާމިޔާބުކުރުމުގައި ސްޕޮންސަރުންގެ ދައުރު ބޮޑު ކަމަށްވެސް މިންހާ ފާހަގަކުރިއެވެ.
މިރޭގެ އިވެންޓުގައި ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ އެނަލިސްޓު، މުހައްމަދު ޝާހިދު (ޝާޑު) ވެސް ވާހަކަދެއްކެވި އެވެ. ޝާޑުގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި، ޓީވީއާއި ޝޯޝަލް މީޑިއާގެ މައުލޫމާތު ކިތަންމެ ފުޅާވިޔަސް، ޕްރިންޓު ކޮށްފައި އޮންނަ ވޯލްޑްކަޕް ގައިޑެއްގެ މުހިންމުކަން ވަރަށް ގިނަ ގޮތްގޮތުން މުހިންމެވެ. ވޯލްޑްކަޕް ގައިޑަކީ ފުޓުބޯޅަޔަށް ލޯބިކުރާ ދިވެހީން މިއަދުވެސް ވަރަށް ބޮޑަށް ބޭނުންވާ އެއްޗެއްކަން ޝާޑު ފާހަގަކުރެއްވިއެވެ.
"ވަން ވޯލްޑް ކަޕް ގައިޑް" މިރޭ ރަސްމީކޮށް ނެރެފައިވާ އިރު، ގައިޑް ގަންނަން ބޭނުންވާ ފަރާތްތަކުން 7744464 މެސެޖު ކުރުމަށް "ވަން" ގެ މާކެޓިން ޓީމުން އެދެއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026