ހުޅުމާލޭގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ރޭ 21:26 އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ކަހާލައިގެން ގޮސް، ކަފިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި މަގު ހުރަސްކުރި މީހާއަށް އެކި ވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ. އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށްކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް