ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ އެއް ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމެއް އަދި ސާފެއް ނޫނެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާ އިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ.
އަލީ ޔާމިން
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ