މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފައިވާކަން އިއުލާންކޮށްފައެވެ. މިހާރު އެ މުއްދަތު ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އަންނަ މަހުގެ މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ހިދުމަތްދޭ ގިނަ ބަޔަކާ އެއްތަނަކުން ބައްދަލުވެ މައުލޫމާތު ލިބިގަނެވޭނެ މަގުފަހިކުރުމަށާއި މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަހަރުގެ އެކްސްޕޯގައި ވެސް މާލީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އާ ހިދުމަތްތަކާއި ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށްގެންދިޔައެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ