ރާއްޖެއިން މި އަހަރު މަސް އެކްސްޕޯޓްކުރި މިންވަރު 67 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 10،174 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 31،300 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.
ރާއްޖެއިން އެކްސްޕޯޓްކުރި ބަހުގެ ބާވަތްތަކާއި އަދަދު
- ތާޒާ އަދި ގަނޑުކުރި ކަޅުބިލަ މަސް 5،890 މެޓްރިކް ޓަން
- ރީނދޫ އުރަހަ ކަންނެލި 1،700 މެޓްރިކް ޓަން
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލްގެ ނިޔަކަށް ދަޅު އަދި ޕޯޗްޑްގެ ގޮތުގައި 1،745 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ.
ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރަނީ ތައިލެންޑާއި އިނގިރޭސިވިލާތަށެވެ.
އަލީ ޔާމިން
މަސްވެރިކަން
މަސްވެރިކަން
މަސްވެރިކަން