ރަސްމާލެ ބިމުގެ 60 ޕަސެންޓް ވަރު މިހާރު ހިއްކާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަޔާ ގުޅިގެން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފަށާފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އައި ނަމަވެސް، މިހާރު މަޝްރޫއުތައް ކުރިއެކޭވެސް އެއްގޮތަށް ހިނގަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ރަސްމާލޭގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއުގެ 60 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށާއި ގިރާވަރުފަޅުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ރަސްމާލޭގެ ބިން ހިއްކަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެނެވެ. އެ މަސައްކަތަށް އެމްއޭސީއެލުން ވަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރާ 46000 އަކަ މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ކްރިސްޓަބަލް ކޮލޮންވެސް ގެނެސްފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު