ދުންފަތުގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ، ދުންފަތުން ނަގާ ޓެކުހަށް ބަދަލެއް ނުގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އިއްޔެ ދުންފަތުގެ ޓެކްސް ކުޑަކުރުމުގެ އިޝާރާތެއް ސަރުކާރުން ދެިނުމުން ރައީސްގެ ސިޔާސަތު ބަދަލުވީތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް ވިދާޅުވީ، ދުންފަތުގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ރައީސް ވިދާޅުވީ، އޭރުވެސް އެ މަނިކުފާނު ދެންނެވީ ޑަބްލިޔުއެޗްއޯއާއި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުގެ ލަފަޔާ އެއްގޮތަށް ދުންފަތުގެ ޑިއުޓީއަށް ބަދަލުތަކެއް އަންނާނެ ވާހަކަ ކަމަށާއި ނަމަވެސް އެއިރާ ހަމަޔަށް އެ ފަދަ ބަދަލެއް ގެންނަން ނުފެންނަ ކަމަށް ކަމަށެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވަނީ ރާއްޖޭގައި ދުންފަތުން މިހާރު ނަގާ 8 ރުފިޔާގެ ޑިއުޓީ މި އަހަރު ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ޑަބްލިޔުއެޗްއޯގެ ލަފާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ އެކަމާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު