ބޮލީވުޑްގެ މަޝްހޫރު ފިލްމު 'ކަލްނާޔަކް' ގެ ދެވަނަ ބައި، 'ކަލްނާޔަކް ރިޓާންސް' ގައި އިންސްޕެކްޓަރ ރާމްގެ ރޯލުން އަލުން ފެނިގެންދާނެކަން ކާމިޔާބު އެކްޓަރު ޖެކީ ޝްރޮފް ކަށަވަރުކޮށްދީފިއެވެ.
އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ޖެކީ ބުނި ގޮތުގައި، މި ފިލްމުގައި އޭނާ ބައިވެރިވާނެކަން މިހާރު ވަނީ ޔަގީންވެފައެވެ. އަދި ފިލްމުގައި އޭނާގެ ކެރެކްޓަރަށް އައިސްފައިވާ ބަދަލުތަކަށް އިޝާރާތްކުރަމުން ޖެކީ ބުނީ، ކުރިން އިންސްޕެކްޓަރެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިހާރު އެ ކެރެކްޓަރ ކޮމިޝަނަރެއްގެ މަގާމަށް ބަދަލުވެފައިވާނެ ކަމަށެވެ.
"ސަތޭކަ އިންސައްތަ ޔަގީން. ކޮމިޝަނަރު ހުންނަން ޖެހޭނެތާ." ފިލްމުގައި އޭނާގެ ބައިވެރިވުމާ ގުޅޭގޮތުން ޖެކީ ބުންޏެވެ.
މީގެ 33 އަހަރު ކުރިން 1993 ވަނަ އަހަރު ނެރުނު 'ކަލްނާޔަކް' ގައި ސަންޖޭ ދަތު ކުޅުނު 'ބައްލޫ ބަލްރާމް' އާއި ޖެކީގެ ކެރެކްޓަރާ ދެމެދު ހިނގާ ކުރިމަތިލުންތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ކަމެކެވެ. މި ސީކުއެލްއާއެކު އަލުން ސަންޖޭ ދަތާއެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް ޖެކީ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި ސަންޖޭ ދަތަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެކެވެ.
ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތަކާ ގުޅޭގޮތުން ޖެކީ ބުނީ، ފިލްމުގެ ޕްރޮޑިއުސަރު ސުބާޝް ގާއީ އާއި ސަންޖޭ ދަތާއެކު މިހާރުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މި ފިލްމަކީ ސަންޖޭ ދަތު ޖަލުގައި ހޭދަކުރި ދުވަސްވަރު އައި ހިޔާލެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް މީގެ ކުރީން ހަބަރުތައް ބުނެފައިވެއެވެ. އޮރިޖިނަލް ފިލްމުގެ މުހިންމު ތަރިން އަލުން މި ފިލްމުން ފެނިގެންދިއުމަކީ، ފިލްމުގެ އަސްލު ވާހަކައާ ގުޅުވައިދޭނެ މުހިންމު ކަމެއްގެ ގޮތުގައި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. މި ފިލްމުގެ ވާހަކަ ކުރިއަށްދާނީ ބައްލޫ ބަލްރާމް ޖަލުން މިނިވަންވުމަށްފަހު ހިނގާ ކަންތައްތަކެއްގެ މައްޗަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް