ހުޅުމާލޭގައި ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން "ވަން" އަށް މިރޭ ބުނީ ހުޅުމާލޭ ނިރޮޅިމަގުގައި މީގެ އިރުކޮޅެއްކުރިން ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
ފުލުހުން ބުނީ އެ މީހާއަކީ އެއްގަމު އުޅަނދު ދުއްްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށެވެ.
އެ މީހާގެ ބޮލަށް އަނިޔާތަކެއްވެފައިވާ އިރު، ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ މީހާގެ ހާލު ސީރިއަސްއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް