"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު މާފުށީ ޖަލުގައި ބަންދުގައި ކޮށްފައި ތިބި ގޮޅިން މޮބައިލް ފޯނެއް ފެނުނު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުން ނެރުނުއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހުޒާން ޖަލަށްލީ 15 ދުވަހަށް އަދި ލީވާން ދިހަ ދުވަހަށް ޖަލަށްލިއެވެ. އެ ދެ މީހުން މިހާރު ވަނީ ހުކުމް ތަންފީޒުވެ ނިމުމުން މިނިވަންވެފައެވެ.
އިއްޔެ ޝަހުޒާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އާއި ލީވާން އެކުގައި އެއް ގޮޅިއެއްގައި ފުރަތަމަ ބޭއްތިބުމަށް ފަހު، ވަކިކޮށް އެކަހެރި ގޮޅިއަކަށްލީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށާއި އޭނާގެ ގޮޅިއަށް ކޮންމެ ރެއަކު ޖަލު އޮފިސަރުން ދަގަނޑު މުގުރާއި މަރުތޭލަ ހިފައިގެން ފާރުގައި ތަޅާ ހަދާ ކަމަށެވެ.
ޝަހުޒާންގެ އެ ތުހުމަތުތައް ދޮގުކުރައްވައި ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އާންމު މީހަކު ދިން މައުލޫމާތަކާ ގުޅިގެން ޝަހުޒާނާއި ލީވާން އަދި އިތުރު ދެ މީހަކު ބަންދުކޮށްފައި ތިބި ޖަލު ގޮޅި ކަރެކްޝަން އޮފިސަރުން ވަދެ އެ މީހުންގެ ހާޒިރުގައި ބަލާފާސްކުރިއިރު ކަބަޑުގެ ތެރޭގައި ހުރި އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ފެނިފައިވާ ކަމަށެވެ.
އެހެންވެ، ޖަލުގެ އެހެން ގައިދީންނާވެސް މިފަދަ ކަންކަމުގައި އަމަލު ކުރާ ގޮތަށް ޝަހުޒާންއާއި ލީވާން މޮނިޓާ ކުރެވޭ ގޮތަށް ވަކިން ދެ ގޮޅީގައި ބަންދުކުރީ ކަމަށް ވިދާޅުވިއެވެ.
"ޖަލަށް ވެއްދުން މަނާތަކެތި ގޮޅިން ފެނިފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ވަކި ގޮތަކަށް އަމަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއަށް ނާންގާ ކަމަށާއި އެފަދަ އެއްވެސް އިރުޝާދެއް މިވީހާތަނަށްވެސް ދީފައިނުވާ ކަމަށެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް