ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާގައި މަރުވި އިޓަލީގެ ޕްރޮފެސަރާއި އޭނާގެ ދަރިފުޅުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިއްޖެއެވެ.
އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލް މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ވަގުތީ ނަތީޖާ ދައްކަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މައިންގެ ހަށިގަނޑު މިއަދު އެ މީހުންގެ އުފަން ރަށް ކަމަށްވާ ޖެނޯއާއަށް ގެންދާނެއެވެ.
ކޭވް ހާދިސާގައި އިޓަލީގެ ޖުމްލަ ފަސް ޑައިވަރަކު ވަނީ މަރުވެފައެވެ. އޭގެ އިތުރުން އެ މީހުން ސަލާމަތްކުރަން އުޅުނު އެމްއެންޑީއެފްގެ އޮފިޝަލަކުވެސް ވަނީ ޑީކޯވެގެން މަރުވެފައެވެ.
މަރުވި މީހުންގެ ހަށިތައް ފެނުން މައްޗަށް ނެގީ ފިންލޭންޑުގެ ޑައިވަރުންގެ ޓީމަކާއި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އެއަށް ފަހު އެންމެންގެ ހަށިތައް ވަނީ މި މަހުގެ 23 ގައި އިޓަލީއަށް ފޮނުވައިފައެވެ.
އަލީ ޔާމިން
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ