ޑްރޯންއެއް ބޭނުންކޮށްގެން ކ. މާފުށި ޖަލަށް އެތެރެކުރަން އުޅެނިކޮށް އެ ތަކެތި އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް މާފުށީ ޖަލާއި މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމް ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް