މާލެއިން އއ. ތޮއްޑުއަށް ދަތުރުކުރަމުން ދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށް ދާތީ އެއިން ދަތުރުކުރި 25 މީހުން ސަލާމަތްކޮށްފިއެވެ.

މެރިން ފޮލިސްއިން ފޭސްބުކުގައި މިރޭކުރި ޕޯސްޓެއްގައި ބުނީ މިއަދު 17:30 ހާއިރު މާލެއިން އއ. ތޮއްޑުއަށް ދަތުރުކުރަމުން ދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗް ދިޔަވެ އަޑިއަށް ދާތީ އެ އުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތެރިކަމާއެކު ގެނެސްފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްވާތީ ދަތުރު ކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިމުމަށް އިލްތިމާސްކުރާކަމަށް މެރިން ފުލުހުން ބުންޏެވެ.