ކުރިއަށްއޮތް އީދު ބަންދުގެ ދުވަސްތަކުގައި ވެސް، އެމްޑަބްލިޔުއެސްސީގެ އޮންލައިން ހިދުމަތްތައް 24 ގަޑިއިރަށް ލިބެމުންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ހައްޖާއި އަޟްހާ އީދުގެ މުނާސަބަތުގައި މި މަހުގެ 24 އިން 28 އަށް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ.
ނަމަވެސް އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު އޮންލައިންކޮށް، އީޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އިމަޖެންސީއެއް ދިމާވެއްޖެ ނަމަ، 24 ގަޑިއިރު ހޮޓްލައިން 10th 5 އަށް ގުޅުމަށް އެމްޑަބްލިޔުއެސްސީން އެދެއެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ