ޕްރޮފެޝަނަލް ރައިޓާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ދޭ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މެންޗެސްޓާ ޔުނައިޓެޑް ބްރޫނޯ ފެނާންޑޭޒްއަކީ ޕްރިމިއާ ލީގުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ކަނޑައަޅައިފިއެވެ.
ފެނާންޑޭޒް މި ސީޒަނުގެ މިހާތަނަށް ލީގުގައި އަށް ގޯލް ޖަހައި، 20 އެސިސްޓް ފުރިހަމަކޮށްފައިވެއެވެ. ރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ފުރިހަމަކުރުމުގެ ރެކޯޑު މީގެ ކުރިން ހަދާފައިވާ ކެވިން ޑި ބްރޭނާއާއި ތިއަރީ އޮންރީގެ އަދަދަކީވެސް 20 އެސިސްޓެވެ. އަދި ބާކީ އެއް މެޗު އޮތް އިރު، ފެނާންޑޭޒްއަށް އެ ރެކޯޑު މުގުރާލަން ފުރުސަތު އެބައޮތެވެ.
އުމުރުން 31 އަހަރުގެ ޕޯޗުގަލް ތަރި ފެނާންޑޭޒްގެ ބޮޑު ހިއްސާއަކާއެކު މެދުކެނޑުމަކަށްފަހު ޔުނައިޓެޑުން ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުން ޖާގަ ޔަގީން ކޮށްފައެވެ.
މައިކަލް ކެރިކް ކޯޗުކަމާ ހަވާލުވިފަހުން ތަފާތު ވަރުގަދަ ފޯމެއްގައި ޔުނައިޓެޑުން ކުޅެމުންދާ އިރު، މިވަގުތު އޮތީވެސް ތިންވަނައިގައެވެ.
ފެނާންޑޭޒް ސީޒަނުގެ ލީގުގައި ޖުމުލަ 132 ފުރުސަތެއް ތަނަވަސްކޮށްދިން އިރު، އޭނާއާ އެންމެ ގާތުން ލިސްޓްގެ ދެވަނައިގައި އޮތީ ލިވަޕޫލްގެ ޑޮމިނިކް ޝޮބޮޝްލާއީއެވެ. އެއީ 43 ފުރުސަތު ތަނަވަސް ކޮށްގެންނެވެ.
ޕްރިމިއާ ލީގު ސީޒަނުގެ މޮޅު ކުޅުންތެރިޔާ ކަނޑައަޅަނީ އާންމުންގެ ވޯޓުގެ އިތުރުން ފުޓުބޯޅަ ތަޖުރިބާކާރުންތަކެއްގެ ވޯޓުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު