ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުން 62 ބައިވެރިޔަކު ދަސްވެނިވެއްޖެއެވެ.

މި ތަމްރީނުގައި ބައިވެރިވެފައިވަނީ 2025 ޑިސެންބަރުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކުދިންނެވެ.

ބ. ކިހާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓްރެއިން ކުރިޔަށް ގެންދިޔައީ 15 ޖެނުއަރީން މެއި 23 އަށް، 16 ހަފުތާގެ މުއްދަތަށެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތުގެ މިނިސްޓަރު ހަސަން ރަޝީދުއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 62 ބައިވެރިޔަކު ވަނީ ތަމްރީނުތައް ނިންމައި ސެޓްފިކެޓް ހާސިލުކޮށްފައެވެ.

ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްގެ ކޮމާންޑިން އޮފިސާ މޭޖާ ހުސެއިން ޝާހިދު ވިދާޅުވީ ނޭޝަނަލް ސްކިލް ޕްރޮގްރާމް ސީރީޒް އެކެއްގެ، އެންމެންޑީއެފް ސާވިސްކޯގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކް އެންމެ ހަގު މަރުކަޒުގައި ކުރިޔަށް އެ ޕްރޮގްރާމްގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ވަނީ އަމަލީ ތަޖުތިބާ ހޯދާ ސެޓްފިކެޓް ލެވެލް 3 ހާސިލުކޮށްފައި ކަމަށް ވިދާޅުވިއެވެ.

23 މެއި 2026: ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުގެ ބައިވެރިންގެ ދަސްވެނިވުން --- ފޮޓޯ/ އެމްއެންޑީއެފް

"މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ، ޖިސްމާނީ ގޮތުން ރަނގަޅު، އަހުލާގީ ގޮތުން ހަރުދަނާ، ފަންނީ ގޮތުން ހުނަރުވެރި، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އިހުލާސްތެރި އަދި އަބުރުވެރި ޒުވާން ޖީލެއް ބިނާކުރުން." ހުސެއިން ޝާހިދު ވިދާޅުވިއެވެ.

ހަ ފަންނީ ކޯހަކީ، ސެޓްފިކެޓް ލެވެލް 3 ގެ އޮޓޯމޯބައިލް އިންޖިނިއަރިން ކޯސް، މެރިން އިންޖިނިއަރިން ކޯސް، އިލެކްޓްރީޝަން ކޯސް، ރެފްރިޖެރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯސް، ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން ކޯސް އަދި އޮފީސް މެނޭޖުމަންޓް ކޯސްއެވެ.

"ކޯހުގެ ނަތީޖާތަކަށް ބަލާއިރު 32 ދަރިވަރަކު 85 އިން މަތިން ޕްސެންޓް ހާސިލުކޮށް، ހަޔާ ޑިސްޓިންށން ލެވެލްގައި ފާސްވެފައިވޭ، 18 ދަރިވަރަކު 75 ޕަސެންޓު ހާސިލުކޮށްގެން ޑިސްޓިންކްޝަން ލެވެލްގައި ފާސްވެފައިވޭ، 11 ދަރިވަރަކު 65 ޕަސެންޓު ހާސިލުކޮށް ކްރެޑިޓް ލެވެލްގައި ފާސްވެފައިވޭ، އަދި އެއް ދަރިވަރަކު 50 ޕަސެންޓުން މަތިން ހާސިލުކޮށް ޕާސް ލެވެލްގައި ފާސްވެފައިވޭ." ހުސެއިން ވިދާޅުވިއެވެ.

2026 މެއި 17 ވަނަ ދުވަހު ދަސްވެނިވި، ނޭޝަނަލް ސާވިސް އިނިޝިއޭޓިވް ޓްރެއން ކޯހުގެ ބައިވެރިންގެ ތެރެއިން، ދިވަހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް ކުރިމަތިލީ ބައިވެރިން އަންނަ ޖޫން މަހުގެ ފުރަތަމަ ހަފުތާގައި އެމްއެންޑީއެފް ސްކޫލު އޮފް އިންޖނިއަރިން ލޮޖިސްޓިކްސްއަށް ރިޕޯޓްކުރާނެއެވެ. އަދި ނޭޗަނަލް ސާވިސް އިނިޝިއަލް ތުން ވަނަ ބެޗުގެ ތަމްރީނަށް 350 ދިވެހި ޒުވާނުން، ޖޫން މަހުގެ ދެ ވަނަ ހަފުތާގައި ޅ. މާފިލާފުށީގައި ހުންނަ އެންމެންޑީއެފް ޓްރއިނިިން ސެންޓަރަށް ރިޕޯޓް ކުރާނެއެވެ.

އަދި އެ ސެންޓަރުގެ ޖާގަ އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރިޔަށް ގެންދަން ވަނީ ނިންމާފައި ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ގެނެސްދިން ރިޓްތުގައި ބުނެފައިވެއެވެ. އަދި އިތުރި ފަންނީ ކޯސްތައް ތައާރަފްކުރުމަށް މަސައްކްތް ކުރުމަށް ވަނީ ނިންމައިފައެވެ.