ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތް، މިއަދަށް ނިންމާލެވިފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ރޭ 3:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށް ވަރުބަލިކަމެއް ނެތި އެ މަސައްކަތުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފުންނަށާއި ވާޓްސިލާގެ އިންޖީނިއަރުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާ ނުލައި ކަމަށެވެ.
އެ އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާ އިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.
އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ސްޓެލްކޯއިން ދަނީ ހުޅުމާލޭގެ ކަރަންޓް ވިއުގައި އަޕްގްރޭޑްކުރުމުގެ މަސައްްކަތް ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ