މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން 60 ޕަސަންޓަށް އަލުން ކަރަންޓު ދީފިއެވެ.

މިއަދުގެ 12:00 ގެ ކުރިން މާލެ އަދި ހުޅުމާލެ ވަނީ ބްލެކް އައުޓްއަކަށް ގޮސްފައެވެ.

ސްޓެލްކޯ އިން ބުނީ މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކުގެ ތެރެއިން 60 އިންސައްތައަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.

ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މާލެ އަދި ހުޅުމާލެ ކަރަންޓް ދިޔައީ، އެ ކުންފުނިން ރޭ ދަންވަރު ހުޅުމާލެގެ 50 މެގަވޯޓް އިންޖީނުގެ އަޕްގްރޭޑިން މަސައްކަތާ ގުޅިގެން ދިމާވި މައްސަލައެއްގައެވެ.