މުދާތަކެއް ގެނެސްދޭނެ ކަަމަށްބުނެ މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ނެގި މީހަކު ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ، ދަފްތަރު ނަމްބަރު ރސ.14057 އަލީ ނަޒީރުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރީ ޓެކުމުގެ ކުށުގެ ދައުވާއެވެ. ރާއްޖެއިން ބޭރުން މުދާ ގެނެސްދޭނެ ކަމަށްބުނެ އޭނާ ފައިސާ ހޯދީ އަހްމަދު ނިޝާމް ކިޔާ މީހެއްގެ އަތުންނެވެ.
އޭނާ ނެގި ފައިސާ:
- ސިންގަޕޫރުން ޔަންމާ 405 އިންޖީނެއް ގެނަސްދޭން 721،000 ރުފިޔާ
- ރާއްޖޭން ބޭރުން ކޮޅުވެއްޓިއެއް ގެނެސްދޭން 230،000 ރުފިޔާ
- ހަ ސައިކަލު ގެނެސްދޭން 48،000 ރުފިޔާ
- 1.5 ޓަނުގެ ޕިކަޕެއް ގެނަސްދޭން 60،000 ރުފިޔާއަށް
- ރާއްޖެ ގެނައި ސައިކަލްތައް ނެރެން 8000 ރުފިޔާ
- ސައިކަލްތައް ނެރުން އަވަސްކުރުމަށް 10،000 ރުފިޔާ
- އެތަކެތި ގެންނަ ބޯޓަށް ދައްކަން 1500 ޑޮލަރު
އޭގެ އިތުރުން އެތަކެތި ގެނައުމާ ބެހޭ އެކި ކަންކަމަށް، އެކި އިރުއިރުން އެކި އަދަދަށް ފައިސާ ނަގަމުން ގޮސް ޖުމްލަ އިތުރު 87،450 ރުފިޔާ ވެސް ވަނީ ނިޝާމް އަތުން ހޯދައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް