ސްރީ ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި ހުއްދަ ނެތި ޓީވީ އަދި ރޭޑިއޯ ޓްރާންސްމިޝަން ސެންޓަރެއް ހިންގި މައްސަލައެއްގައި ދިވެއްސަކާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ އޮފިޝަލަކު ވަނީ ލަންކާއިން މުޝްތާގު ކިޔާ ދިވެއްސަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސްޓޭޝަން ރެއިޑްކުރީ، މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ އާއި އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ ސްޓޭޝަން ހިންގަމުން ދިޔައީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
މި ރެއިޑްގައި ވަނީ ގާތްގަނޑަކަށް 50 މިލިއަން ރުޕީސް ގެ ސާމާނު އަތުލައިގެންފަ އެވެ.
އަލީ ޔާމިން
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ