އޭޝިއާގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާާރާތުގައި ރާއްޖޭން ވާދަކުރާނީ އުންމީދީ ހަތަރު ދުވުންތެރިން ކަމަށްވާ އަހްނާ ނިޒާރު، އަހުނަފް ރައްޔާން ފަހުމީ، ޒުއިޒް މުހައްމަދު ސުއާދު އަދި ޒިވާ މޫސާ ޝަފީއު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފިއެވެ.
މިއީ އޭޝިއާގެ 20 އަހަރުން ދަށު 22 ވަނަ އެތުލެޓިކްސް ޗެމްޕިއަންޝިޕެވެ. މިފަހަރުގެ މުބާރާތް އޮންނާނީ ހޮން ކޮންގެ ކައި ޓަކް ޔޫތު ސްޕޯޓްސް ގްރައުންޑުގައެވެ. އެ މުބާރާތަކީ އޭޝިއާގެ ޒުވާން އުމުރުފުރާއަށް އަމާޒުކޮށްގެން ބާއްވާ، އެންމެ ވަރުގަދަ އެތުލެޓިކްސް މުބާރާތެވެ. އެ މުބާރާތުގައި އޭޝިއާގެ އެންމެ ވަރުގަދަ އެތުލީޓުން ފެނިގެންދާނެއެވެ.
އޭޝިއާގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާާރާތުން ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ޖާގަވެސް ލިބިގެންދާނެއެވެ. މިފަހަރުގެ މުބާރާތް އޮންނާނީ މިމަހުގެ 28 އިން 31 އަށެވެ.
މިފަހަރު މުބާރާތުގައި އަހްނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގައެވެ. އަހުނަފް ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގައެވެ. ޒިވާ، އަންހެނުންގެ 100 މީޓަރު ދިވުމާއި 200 މީޓަރު ދުވުމުގައި ވާދަކުރާ އިރު، ޒުއިޒް ވާދަކުރާނީ ފިރިހެނުންގެ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގައެވެ.
މުބާރާތުގައި ރާއްޖޭގެ ކޯޗަކީ ހުސައިން ހަލީމެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް