ގައުމީ އެއާލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާއިން ރާއްޖެއަށް ފުރަތަމަ ފްލައިޓް މިއަދު ބާއްވައިފިއެވެ.
މިއީ ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.
މި ފްލައިޓް ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ފަލައިޓުން އައި ފަސިންޖަރުންނަށް ވީއައިއޭގައި ވަނީ ބޮޑުބެރާ އެކު ހޫނު މަރުހަބާ ކިޔައިފައެވެ.
އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި މޯލްޑިވިއަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ފްލައިޓްގައި 240 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މޯލްޑިވިއަނުން ރާއްޖެއިން އޮސްޓްރޭލިއާއަށް ފުރަތަމަ ފްލައިޓް ބޭއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ބޭއްވި ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަނުން ކޮންމެ ހަފުތާއަކު އެއް ދަތުރު އޮސްޓްރޭލިއާއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.
ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގައެވެ.
މޯލްޑިވިއަނުން ބުނީ އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުތައް ފެށުމަށް ވަރަށް ގިނަ ދުވަހު މަޝްވަރާކޮށްފައި ވާނެ ކަމަށެވެ. އެ ދަތުރުތައް ފެށި މައިގަނޑު އެއް ސަބަބަކީ އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް ވުމުން ކަމަށެވެ.
އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާއެކު އެގައުމުން ރާއްޖެއަށް އަހަރެއްގެ ތެރޭ 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ