ފުލުހުންގެ ބަންދުން ފިލި މީހަކު ފަސް ދުވަސް ފަހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން، އޭނާ ހޯދުމަށް ކުރި މަސައްކަތުން މިއަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފުލުހުންގެ ބަންދުން ފިލި މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.