އުރީދޫއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ 'ހިނގާ' އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިޔަކަށް ވަރުދާ އަހްމަދު، ކ. މާލެ، ހޮވިއްޖެއެވެ.

އުރީދޫން ކޮންމެ ދެ މަހަކުން ދޭ އޭޓީވީ ޕްރޮމޯޝަނެއް ފެށީ 2025 ޑިސެމްބަރު 20 ގައެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކީ ނ. ހޮޅުދޫ، ހަސަން ނިޝާންއެވެ.

މި ޕްރޮމޯޝަންގެ ދަށުން މި އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވެއެވެ. ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކު ވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވުމަކީ ފަސޭހަ ކަމެއް ކަމަށާއި އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ބައިވެރިވެވޭނެ ގޮތް:

  • ޕްރީޕެއިޑް ރީޗާޖުތައް
  • ޕޯސްޓްޕެއިޑް ބިލުތައް ދެއްކުން
  • ސުޕަނެޓް (SuperNet) އަދި އެއާފައިބާ (AirFibre) ސަބްސްކްރިޕްޝަންތައް
  • އެޑް-އޮންތަކާއި ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރުން

ކޮންމެ ޓްރާންސެކްޝަނަކާ އެކު ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ މި ކެމްޕެއިނަކީ ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެފަރާތްތަކަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ފެށި ކެމްޕެއިނެއް ކަމަށާއި އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ ކޮންމެ ވަގުތަކީ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ވަގުތެއް ކަމަށެވެ.