ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
ހައްޖުވެރިން ސައުދީއަށް ގެންދިޔުމަށް ހަތަރު ފުލައިޓެއް ބާއްވާނެއެވެ. އެއީ، ސައުދިއާ އެއާލައިންގެ ދެ ފުލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓެވެ.
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ފުރާފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހާއި 18 އަދި 19 ވަނަ ދުވަހުވެސް ހައްޖުވެރިން ފުރާނެއެވެ.
މި މަހުގެ 17 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 257 ހައްޖުވެރިން ފުރާނެއެވެ. އަދި 18 ވަނަ ދުވަހު އޮންނަ ސައުދިއާ އެއާލައިންގައި 267 ހައްޖުވެރިން ފުރާނެއެވެ. 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 256 ހައްޖުވެރިން ފުރާނެއެވެ.
މުހައްމަދު އިޝާން
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު