ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯ، މިއަހަރުވެސް ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށް ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން މިއަދު އިއުލާނު ކޮށްފިއެވެ.
އެމްބީބީއޭއިން ބުނެފައި ވަނީ މޯލްޑިވްސް ޕްރޯ އިވެންޓް، މިއަހަރު އޮގަސްޓް 12 އިން 21 އަށް މާލެ އަތޮޅު ތުލުސްދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މިފަހަރު ރާއްޖޭގައި އޮންނަ ވޯލްޑް ޓުއާ އިވެންޓްގައި ފިރިހެން ރައިސިން ސީރީސް ޑިވިޝަނާއި އަންހެން ޕްރައިމް ސީރީސް ޑިވިޝަންގެ އިތުރުން ފިރިހެން ޖޫނިއާގެ ރައިސިން ސީރީސް ޑިވިޝަން ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.
ރައިސިން ސީރީސް އިވެންޓްގެ ޗެމްޕިއަނަށް 20،000 ޑޮލަރު ކަނޑައަޅާފައިވާ އިރު، އެއީ ވޯލްޑް ރޭންކިންނަށް 2000 ޕޮއިންޓަށް ކުރިއަށްދާ ޑިވިޝަނެވެ. އަންހެން ޕްރައިމް ސީރީސް އިވެންޓްގެ ޗެމްޕިއަނަށް 25،000 ޑޮލަރު ހުށަހަޅާފައިވާ އިރު، އެ އިވެންޓުން 3500 ޕޮއިންޓް ލިބޭނެއެވެ. ޖޫނިއާ ޗެމްޕިއަނަށް ހުށަހަޅާފައި ވަނީ 2500 ޑޮލަރެވެ. އެ އިވެންޓުން ލިބޭނީ 500 ޕޮއިންޓެވެ.
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ވޯލްޑް ޓުއާ އިވެންޓް ތެރެއިން ރާއްޖޭގައި މީގެ ކުރިންވެސް ދެ ފަހަރު ވަނީ މޯލްޑިވްސް ޕްރޯ އިވެންޓް ބާއްވައިފައެވެ. އެއީ 2023 އަދި 2024 ވަނަ އަހަރުއެވެ. އެ ދެފަހަރުވެސް ރާއްޖޭގެ އިންތިޒާމުތައް ފެނުނީ ފުރިހަމަ ކޮށެވެ. އެންމެފަހުން ބޭއްވި 2024 ވަނަ އަހަރު މުބާރާތުގެ ލޯކަލް މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.
މުޙައްމަދު ޝަމްޢޫން
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ