ސީޝެލްސްގެ، ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ މިނިސްޓަރު ބެރީ ފޯ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ ބެރީ ފޯ ރާއްޖެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކަމަށެވެ.
ބެރީ ފޯއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރު ކަމަށެވެ. މިއީ ދެ ގައުމުގެ ގުޅުމުގައި ލިބުނު ތާރީހީ ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބެރީ ފޯގެ މި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބައިނަލްއަގުވާމީ އަދި ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އިރުތިޝާމްއާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބެރީ ފޯ، ރާއްޖެ ވަޑައިގަތުމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ގޮތުގައި ދެ ގައުމުން ގެންގުޅޭ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ދޭ އަހައްމިއްޔަތު ހާމަކޮށްދޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ