ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ މިރޭ 22:12 އެހާކަންހާއިރު ހަލިމަގުގެ، ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅީގެ އެއާޕޯޓް ލައިޓް ކައިރީގައި އެކްސިޑެންޓްގައި ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް