މި އަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ފުރާ ހައްޖާޖީންނަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހާއްސަ އިންތިޒާމުތަކެއް އެމްއޭސީއެލުން ހަމަޖައްސަައިފިއެވެ.
އެ ކުންފުނިން މިއަދު ބުނީ ހާޖީންގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުން ހުރި އިދާރާތައް ގުޅިގެންނެވެ.
މި އަހަރު ރާއްޖެއިން ފުރާ ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އަދި ސައުދިއާގެ ދެ ފްލައިޓްއިންނެވެ. މި ފްލައިޓްތަކުން ފުރާ ހައްޖާޖީންނަށް މައްކާރޫޓް އިނިޝިއޭޓިވްގެ ދަށުން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފައެވެ.
މި ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.
މީގެ ތެރެއިން 15 މެއި ވާ ހުކުރު ދުވަހު ފުރުމަށް ހަޖެހިފައިވާ، ސައުދީއާގެ ފުރަތަމަ ފްލައިޓުން 242 ހާޖީންނެވެ. އެ ދުވަހު ހައްޖުވެރިން ގޮވައިގެން އެއާޕޯޓަށް އަންނަ ބަސްތައް މަޑުކުރާނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓާމިނަލް ކުރިމައްޗަށެވެ.
އެދުވަހު ހައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު އެހެން އަހަރުތަކެކޭ އެއްފަދައިން ވޯޓާ ފްރަންޓު އިމާރާތުގެ ތިރީގައި ހަމަޖެހިފައިވާނެ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.
މީގެ އިތުރުން 17، 18 އަދި 19 ވަނަ ދުވަހު ފުރާ ހާޖީން ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓާމިނަލް ދެ ޑޮރޮޕް އޮފް އަށެވެ. އަދި އެދުވަސްތަކުގައި ހައްޖާޖީން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓާމިނަލް ދޭއްގެ ކޮންކޯސް އޭރިއާގައެވެ.
ހައްޖާޖީން ފުރުމަށް ހަޖަހިފައިވާ ވަގުތުތަކުގައި، ފުރުމުގެ އެންމެހާ ކަންކަން ފަސޭހަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއާޕޯޓުގެ އޮފިޝަލުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެކަމަށް އެމްއޭސީއެލުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު