މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން ދެންމެ ނިންމައިފިއެވެ.
އެކަން ވަނީ ޕީއެންސީގެ މަޖިލިސް މެންބަރަކު "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
މެންބަރު ވިދާޅުވި ގޮތުގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭއްވި ޕީޖީ ބައްދަލުވުމުގައި ނާޒިމް، މަޖިލިސް ނައިބު ރައީސްކަމުން ވަކި ކުރަން ވަނީ ނިންމައިފައެވެ. އަދި އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއިވެސް މިހާރު ވަނީ ހަމަކޮށްފައެވެ.
ނާޒިމް، މަޖިލިސް ނައިބު ރައީސް ކަމުން ވަކި ކުރަން ނިންމި އިރު،
ވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީގެ ވަޓްސްއެޕް ގުރޫޕުން މިއަދު ބޭރުކޮށްލައިފައެވެ.
އޭނާ ބޭރުކޮށްލާފައި ވަނީ މިއަދު ހެނދުނު 6:00 ހާއިރުއެވެ. އެކަން ވަނީ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ބައެއް މެންބަރުން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އޭނާ އެ ގްރޫޕުން ބޭރު ކުރި ސަބަބެއް ވިދާޅެއް ނުވެއެވެ.
އެ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ. އެ އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް މުއިއްޒުއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްލާފައިވާ އިރު، މިދިޔަ މަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޭނާ ވަކިކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ޕީއެންސީން މަސައްކަތްކުރަމުންދާ ކަމަށް އަޑުތައް ފެތުރުނެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ހަމަ ކުރަމުންދާ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ. ނަމަވެސް އެކަން އެއިރު ވަނީ ޕީއެންސީން ދޮގުކޮށްފައެވެ.
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް