މިރޭ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މީޓްރޮލޮޖިސްޓް އަބްދުﷲ ހާފިޒް މިއަދު "ވަން"އަށް ވިދާޅުވީ މެދުރާއްތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުން ލަފާކުރާ ކަމަށެވެ.
"ދެ ދުވަސްވަރުވެއްޖެ އެވްރެޖުކޮށް ވައި ބާރުކޮށް ހުންނަތާ. މާދަމާވެސް ވައި ބާރުކޮށް ހުންނާނެ މިއަދުވެސް. ވަރަށް ފުރުސަތު އެބައޮތް މިއަދުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ ފުރުސަތު. 24 ގަޑި އިރު ވިއްސާރަކޮށް، ހާއްސަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެވްރެޖުކޮށް ވައިބާރުކޮށް އެބަހިފަހައްޓާ." ހާފިޒް ވިދާޅުވިއެވެ.
ވިލާގަނޑުގައި ވައި ބާރުވާ ވަގުތުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުރު ކުރާއރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
"ވިލާގަނޑުގައި ގަދަވެގެންދާނެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުން އެއީ ވަރަށް ބޮޑު އެދުމެއް. ރާޅުގެ އުސްމިން މައި ކަނޑުގައި ފާހަގަކުރެވޭ ހަތް ފޫޓް އަށް ފޫޓް. އަތޮޅުތެރެއަށް ވުރެއަަށް ވުރެއިން ބޮޑަށް އަތޮޅުން ބޭރު ބޮޑެތި ކަނޑުތައް." ހާފިޒް ވިދާޅުވިއެވެ.
މީޓްރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް މިއަދު "ވަން" އަށް ވިދާޅުވީ މިރޭ އަށެއް ޖަހާއިރު ރާއްޖޭގެ އުތުރަށް ދިޔަވަރު ބޮޑުވާނެ ކަމަށާއި މެދު ރާއްޖެ ތެރެ އާއި ދެކުނަށް ދިޔަވަރު ބޮޑު ވާނީ މިރޭގެ 9 ގެ ފަަހުން ކަމަށެވެ.
"އެންމެ ބޮޑު ދިޔަ 22:14 ގައި. ރާއްޖޭގެ ދެކުނަށް 23:19 ގައި ރާއްޖެގެ އުތުރަށް 20:42 ގައި މިރޭ."
މެޓް އޮފީހުން މިއަދު ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އަދި ގަޑިއަކު 10 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެދާނެ ކަމަށް ލަފާކޮށްފައެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް