ރާއްޖޭގައި 3900 އަށް ވުރެ ގިނަ ނަރުހުން މަސައްކަތް ކުރަމުންގެންދާ ކަމަށާއި 92 ޕަސެންޓަކީ އަންހެން ނަރުހުން ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނަރުހުންގެ ދުވަހުގެ މުނާސަބާ ގުޅުވައިގެން އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި އެންމެ ގިނަ އަދަކަށް ނަރުހުންގެ ވަޒީފާގައި ތިބީ ދިވެހިންނެވެ.
އެއީ ޖުމުލަ 3907 ނަރުހުންގެ ތެރެއިން 2503 ދިވެހި ނަރުހުންނެވެ. ބޭރު ނަރުހުންގެ ގޮތުގައި ރާއްޖޭގައި އުޅެނީ 1404 ނަރުހުންނެވެ. މިއީ 1989 އަންހެން ނަރުހުންނެވެ. އެއީ 92 ޕަސެންޓް އަންހެން ނަރުހުންނެވެ. ފިރިހެން ނަރުހުންގެ ގޮތުގައި 1918 ނަރުހުންނެވެ. މިއީ 41 ޕަސެންޓެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުގެ އެކި ހެތް ސެންޓަރުތަކުގައާއި އަތޮޅު ހޮސްޕިޓަލުތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ސެންޓަރުތަކުގައި 3291 ނަރުހުން ބަލި މީހުންނަށް ހިދުމަތްދެއެވެ. އަމިއްލަ ހެލްތް ސެންޓަރުތަކުގައާއި އަމިއްލަ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ނަރުހުންގެ އަދަދަކީ 616 އެވެ.
އެއީ 3،593 އަންހެން ނަރުހުންނާއި 314 ފިރިހެން ނަރުހުންނެވެ. މާލެ ސަރަހައްދުގައި މަސައްކަތް ކުރަނީ 1،989 ނަރުހުންނެވެ. އަތޮޅުތަކުގައި 1،918 ނަރުހުން މަސައްކަތް ކުރެއެވެ.
ފާތިމަތު ލިއުޝާ
ނަރުހުންގެ ދުވަސް
ނަރުހުންގެ ދުވަސް
ނަރުހުންގެ ދުވަސް