މަޝްހޫރު ފިލްމު "ދަ ޑެވިލް ވެއަރސް ޕްރާޑާ" ގެ ލީޑު ރޯލުތަކުން ފެނިގެންދިޔަ ތަރިން ކަމަށްވާ މެރިލް ސްޓްރީޕް، އޭން ހެތަވޭ އަދި އެމިލީ ބްލަންޓްގެ މިލްކިއްޔާތުގެ އަގުތައް އަޅާކިޔާއިރު، އެންމެ ކުރީގައި އުޅެނީ މެރިލް ސްޓްރީޕް ކަން ހާމަވެއްޖެއެވެ. ފޯބްސް އަދި ސެލެބްރިޓީ ނެޓް ވޯތުގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މެރިލް ސްޓްރީޕްގެ މިލްކިއްޔާތުގެ އަގަކީ 100 މިލިއަން އެމެރިކާ ޑޮލަރެވެ. އޭން ހެތަވޭ އަދި އެމިލީ ބްލަންޓްގެ މިލްކިއްޔާތުގައި ހުރީ 80 މިލިއަން ޑޮލަރެވެ.
މެރިލް ސްޓްރީޕްގެ މުއްސަނދިކަމުގެ ބޮޑު ބައެއް ހިއްސާކުރަނީ އޭނާ ކުޅެފައިވާ ފިލްމުތަކުން ލިބުނު ބޮޑެތި އާމްދަނީތަކާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން އެންޑޯސްމަންޓްތަކުންނެވެ. ބައެއް ފިލްމުތަކަށް އޭނާ 20 މިލިއަން ޑޮލަރުގެ ފީއެއް ނަގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ފިލްމުތަކުގެ ފައިދާއިން ލިބޭ މަންފާގެ ސަބަބުންވެސް އޭނާގެ އާމްދަނީ ވަނީ އިތުރުވެފައެވެ.
އޭން ހެތަވޭގެ 80 މިލިއަން ޑޮލަރުގެ މިލްކިއްޔާތު ބިނާވެފައިވަނީ ފިލްމުތަކުން ލިބުނު އާމްދަނީގެ އިތުރުން، ބުލްގާރީ، ވަރސާޗޭ އަދި ވެލެންޓީނޯ ފަދަ ބޮޑެތި ބްރޭންޑުތަކުގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން ލިބުނު ފައިސާއިންނެވެ. މީގެ އިތުރުން އޭނާގެ އަމިއްލަ ޕްރޮޑަކްޝަން މަސައްކަތްތަކުންވެސް ބޮޑު އާމްދަނީއެއް ލިބެއެވެ. އޭނާ ކުޅުނު "ލޭ މިޒަރާބް" ފަދަ ފިލްމުތަކުން 10 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެއެވެ.
އެމިލީ ބްލަންޓްގެ 80 މިލިއަން ޑޮލަރުގެ މިލްކިއްޔާތަކީ އޭނާގެ ފިރިމީހާ ޖޯން ކްރަސިންސްކީއާ ގުޅިފައިވާ މިލްކިއްޔާތެކެވެ. އެމިލީގެ އާމްދަނީގެ މައިގަނޑު މަސްދަރުތަކަކީ ފިލްމު ކުޅުމާއި، ޕްރޮޑަކްޝަން މަސައްކަތްތަކުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިއެވެ. "އަ ކުއަޔަޓް ޕްލޭސް 2" ފަދަ ފިލްމުތަކުން އޭނާއަށް 12 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވެއެވެ.
މި ތިން ތަރިންނަކީވެސް ހޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ބައެކެވެ. "ދަ ޑެވިލް ވެއަރސް ޕްރާޑާ" އަށްފަހު މި ތިން ތަރިންގެ ކެރިއަރުވެސް ވަރަށް ބޮޑަށް ކުރިއަރައި، މާލީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި