ވޯލްޑް ކަޕްގައި އަލަށް ކުޅޭ ކުޅުންތެރިންގެ ޖާޒީގައި ޑެބިއު ޕެޗެއް ޖަހަން ފީފާއިން ނިންމައިފިއެވެ.

އަލަށް ވޯލްޑް ކަޕްގައި ކުޅޭ ކުޅުންތެރިން ޖާޒީގައި ޕެޗު އިންނާނީ ކުޅޭ ފުރަތަމަ މެޗުގައި އެކަންޏެވެ. ޖާޒީގެ ކަނާތްފަޅީ، މޭމަތީގައި ކަހަލަ ގޮތަކަށް ޕްލާސްޓިކް ސްޓިކާއެއް ކަހަލަ ގޮތަކަށް ޑެބިއު ޕެޗް ހިއްޕަން ނިންމާފައިވާ އިރު، މެޗު ނިމުމުން އެއީ ކަލެކްޓެބަލްއެކެވެ.

ލަމީން ޔަމާލާއި އާލިން ހާލަންޑް ކަހަލަ މަގުބޫލު ކުޅުންތެރިންނަށްވެސް މިއީ ފުރަތަމަ ވޯލްޑް ކަޕަށްވީ އިރު، އެ ކުޅުންތެރިންގެ ޕެޗުތަކަށް ޑިމާންޑް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ޑެބިއު ޕެޗު، ފުރަތަމަ މެޗު ނިމުމާއެކު ޖާޒީން ނަގައި ފުރަތަމަ އޮތެންޓިކޭޓް ކުރާނެއެވެ. އަދި އޭގެފަހުން ޓްރޭޑިން ކާޑެއްގެ ތެރެއިން ވިއްކާލާނެއެވެ. ކަލެކްޓެބަލްއެއްގެ ގޮތުގައި ޑެބިއު ޕެޗު ވިއްކަން ފީފާއިން ނިންމާފައި ވަނީ ދާދިފަހުން ފެނެޓިކްސްއާއެކު ހެދި މާޗަންޑައިސް ޑީލްއެއްގެ ސަބަބުންނެވެ.

ކުޅުންތެރިންގެ ޑެބިއު ޕެޗަކީ މީގެ ކުރިން މޭޖާ ލީގު ސޮކާއާއި މާޖާ ލީގު ބޭސްބޯލްގައިވެސް ބޭނުންކުރާ އެއްޗެކެކެވެ. ބޭސްބޯޅަ ކުޅުންތެރިޔާ ޕައުލް ސެކްނެސްގެ ޑެބިއު ޕެޗު، މިލިއަން ޑޮލަރަށްވެސް އަރައިގެން ގޮސްފައިވެއެވެ.