އިންޑިއާއަށް ދައްކަން ޖެހޭ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަދު ދައްކައިފިއެވެ.
އެކަން އިއުލާނުކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުން އިންޑިއާއިން 150 ޑޮލަރުގެ ލޯނު ނަގާފައިވާ އިރު، ކުރީ ސަރުކާރުން އައީ އެކި ދުވަސްމަތިން އެ ދަރަނި ރޯލްއޯވާ ކުރަމުން ކަމަށެވެ.
"މި ސަރުކާރުން 7 ޖެނުއަރީ 2024 ގައި ސެޓަލްކުރިން 50 މިލިއަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބާކީ 100 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުގައި އެދިގެން ރޯލްއޯވާ ކުރަމުން އައިސްފައިވާ ކަމަށާއި އޭގެ ތެރެއިން 50 މިލިއަން މިއަދު ހެނދުނު ދައްކާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރު ބާކީ އިން 50 މިލިއަން ޑޮލަރު 17 ސެޕްޓެމްބަރު ގައި ދައްކައި ހަލާސްކުރައްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިދިޔަ 40 ދުވަސް ތެރޭގައި 974 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު