"ކޮމަންވެލްތު ޔޫނިއަން ބްލޮކް ޗެއިން ނެޓްވޯކް" ގެ ނަމުގައި ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ގެންދާ ސީޑަބްލިިއު ކްރިޕްޓޯ ޓޮކެންގެ ސައްހަ ކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފައްދަމުން ދަނިކޮށް، އެއީ ސައްހަ މަސައްކަތެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ސީބީޔޫއެން އިސްތިހާރު ކުރަމުންދަނީ ނަޝީދު ހިމެނޭހެން، އެކި ގައުމުތަކުގެ ލީޑަރުންގެ އެންޑޯސްމެންޓަކާއެކުއެވެ. ނަމަވެސް އެއީ ސައްހަ ނޫން ކްރިޕްޓޯއެއް ކަމަށާއި އެއީ ފްރޯޑެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އެ ކްރިޕޯޓް ވޮލެޓުގެ ޓޯކެންގެ ސަޕްލައި 73 ޕަސެންޓަށް ވުރެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދަނީ 195 ވޮލެޓުން ކަމަށެވެ. އަދި އެ ހުރިހާ ވޮލެޓްތަކެއްވެސް ޓޯކަން ލޯންޗްކުރި ވަގުތު އެންމެ ސިކުންތެއްގެ ތެރޭގައި އެއް ސްކްރިޕްޓަކުން އުފައްދާފައި ހުރިކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އެކަންކަމަށް ރައްދު ދެއްވައި ނަޝީދު އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޑިޖިޓަލް ފައިސާއާއި ޓޮޮކެނައިޒޭޝަން އަދި ބްލޮކް ޗެއިން އިންފްރާސްޓްރަކްޗާ އަކީ މިހާރު ހިޔާލީ ކަންކަން ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ އެކަން މިހާރު ވަމުން އަންނަނީ ދުނިޔޭގެ މާލީ ސްޓްރެޓީޖީގެ ބަޔަަކަށް ކަމަށާއި ދުނިޔޭގެ މާލީ ނިޒާމު ހަލުވި ދުވެއްޔަގައި ބަދަލުވަމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ.
"ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް މިހާރު އެ އަންނަނީ ސީރިއަސް އިންސްޓްޓިއުޝަނަލް އިނިޝިއޭޓިވްއަަކަށް ބަދަލުވަމުން. ރެގިއުލޭޓް ކުރުމާއި، އިންފްރާސްޓްރަކްޗާ އަށް އަދި ދިގުމުއްދަތުގައި ބޭނުންކުރަން ފަށަން އަމާޒު ހިފައިގެން. ކުށްހީ އަކަށް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސީޔޫބީއެންއަކީ ރާއްޖެވެސް ބައިވެރިވާ ކޮމަންވެލްތުގެ 19 ގައުމަކުން މިހާރު ބަލައިގަނެފައިވާ ޑިޖިޓަލް ރައުސްމާލާ ބެހޭ "މޮޑެލް ގާނޫނަކަށް" ބިނާކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
ސީޔޫބީއެންގެ މަސައްކަތަށް ލަފާ ދެނީ ބައިނަލްއަގުވާމީ އެޑްވައިޒަރީ ބޯޑަކުން ކަމަށާއި އެ ބޯޑުގައި އެކި ގައުމުތަކުގެ ކުރީގެ ބޮޑުވަޒީރުންނާއި ރެގިއުލޭޓަރުންނާއި މަރުކަޒީ ބޭންކްތަކުގެ ކުރީގެ އޮފިޝަލުންނާއި އިންޑްސްޓްރީ ލީޑަރުން ހިމެނޭކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިއީ ކުއްލިއަކަށް ފައިދާ ލިބޭ ކަމަށް ބުނާ ނެރޭޓިވްއެއް ނޫން. މިއީ ސިޔާސަތެއްގެ ދަށުން، ރެގިއުލޭޓްކޮށް ބެލެހެއްޓޭ ޑިޖިޓަލް އެކޯސިސްޓަމެއް ކޮމަންވެލްތާއި ކޮމަންވެލްތުން ބޭރުގައި ވެސް ގާއިމްކުރަން ކުރާ މަސައްކަތެއް،" ނަޝީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ސާފެއްނުވި
ޢިއްސެ - 1 މަސް ކުރިން