ކުޑަކުދީންނަށް ހިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށްވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދީންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުން އަންނަ ގައުމެއްގެ މުސްތަގުބަލާމެދު މާޔޫސްކަމެއް ނެތްކަމަށެވެ.

މީގެ އިތުރުން ކުޑަކުދީންނަށް އަޅަައިލައި އޯގާތެރިކަމާއެކު ހިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ދިހަ ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ގައުމީ ކުޑަކުދީންގެ ދުވަހެވެ.