ގާނޫނުއަސާސީ އެކުލަވާލަން އުފެއްދި ހާއްސަ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް ހިދުމަތް ކުރެއްވި، ގ. ލިފަދޫ، މުހައްމަދު ރާމިޒް އަވަހާރަވެއްޖެއެވެ.
ރާމިޒް އަވަހާރަވީ އިރު އުމުރަކީ 74 އަހަރެވެ. ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
ރަމީޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އުފެއްދެވި ޑީއާރްޕީގެ ނައިބު ރައީސްކަން ވެސް ކުރެެއްވިއެވެ.
ރާމިޒް އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ތައުޒިރާ ދަންނަވައިފައެވެ.
"މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްހޫމް މުހައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން." ރައީސް ގެ ތައުޒިޔާ މެސެޖުގައި ވެއެވެ.
ރާމިޒް އަވަހާރަވީ އިރު އުމުރަކީ 74 އަހަރެވެ. ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
ރާމިޒަކީ ވިލިނގިއްޔަށާއި ގއ. އަތޮޅަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ހިދުމަތްތެރިއެކެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި އޭނާއަކީ ނިކަމެތިންނާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދީލަތި ކަމާ އެކު އެހީ ދެއްވި ހިތްހެޔޮ ބޭފުޅެކެވެ.
ފާތިމަތު ލިއުޝާ
މަރު
މަރު
މަރު