ގާނޫނީ ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލަދީފިއެވެ.
ފުލުހުން މިއަދު ބުނީ ތޫނު އެއްޗަަކުން ހަމަލަދީ، ޒަހަމް ކޮށްލާފައިވާ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭގެ ނުވައެއް ޖަހާކަންހާއިރު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އަދި އަނިޔާވެފައިވާ މީހާގެ ނަމެއް، މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ހަމަލަ އަމާޒުވީ ނާޒިމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް