ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލުން ފިލި ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް އަލުން ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.